Newsletter
Email:
Poll: Like Our New Look?
Do you like our new Website look & feel?
Home | Idris Tawfiq | ކުރީގެ ފާދިރީ އަދި މިހާރުގެ ދާޢީ އިދްރީސް ތައުފީޤް (1 ވަނަ ބައި)

ކުރީގެ ފާދިރީ އަދި މިހާރުގެ ދާޢީ އިދްރީސް ތައުފީޤް (1 ވަނަ ބައި)

Font size: Decrease font Enlarge font
image އިދުރީސް ތައުފީޤް ދިވެހިރާއްޖޭގެ އިސްލާމިކް މަރުޒުގައި ވާހަކަދައްކަނީ, 17 ޖުލައި 2010

 

އިނގިރޭސި ވިލާތުގެ ކުރީގެ ފާދިރީ އަދި މިހާރު އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށް ބުރަ މަސައްކަތެއް ކުރައްވާ ދާޢީ އިދްރީސް ތައުފީޤް އިސްލާމް ދީނަށް ލޯބި ޖެހި އިސްލާމް ދީން ޤަބޫލުކުރި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އިދްރީސް ތައުފީޤް ދިވެހިރާއްޖެ އަށް ވަޑައިގެން އަމިއްލަފުޅަށް ވަނީ އެވާހަކަތައް ކިޔައިދީފައެވެ.

އިދްރީސް ތައުފީޤް ހާމަކުރި ގޮތުގައި އޭނާގެ މާޒީއާ މެދުގައާއި، ކްރިސްޓިއަނެއްގެ އުސޫލުތަކަށް އުޅުނު ދުވަސްވަރާއި، ވެޓިކަން ގައި ހޭދަކުރި 5 އަހަރާއި މެދު އެއްގޮތަކަށްވެސް ހިތާމަ ނުކުރާކަމަށެވެ. އެހެނަސް އޭނާގެ ނަފްސު މިކަމާއި ހަގީގަތުގައި އުފާ ނުވިތަނުގައި އޭނާގެ ނަފްސުގައި ކޮންމެވެސް އުނިކަމެއް ވާކަން އޭރުވެސް އިހްސާސް ކުރެވޭކަމަށް މިހާރު އިސްލާމް ދީނުގެ ހިދާޔަތުގެ ދަށުގައިވާ މަޝްހޫރު ދާޢީ ވިދާޅުވެއެވެ.

އިނގިރޭސިވިލާތުގެ ދާޢީ އިދްރީސް ތައުފީޤް އޭނާގެ ‘އިސްލާމް ދީނުގެ ހިދާޔަތުލިބުނުގޮތް ކިޔައިދެނީ މިފަދައިންނެވެ.

މާތްﷲގެ އިރާދަފުޅާއި އެކު އަހަރެންނަށް ދިމާވި އާދަޔާ ޚިލާފު ކަންތައްތައް ވެގެން ދިޔައީ އިސްލާމް ދީނުގެ މަގު އިހްތިޔާރު ކުރުމަށް މަގުފަހިވި ކަމެއްގެ ގޮތުގައެވެ.

ވެޓިކަންގައި ފާދިރީއެއްގެ ގޮތުގައި ކުރަމުން އައި މަސައްކަތް ހުއްޓާލުމަށްފަހު ޗުއްޓީއަކަށް މިސްރަށް ދަތުރެއް ކުރަން އަހަރެން ނިންމީމެވެ. އަހަރެންނަށް ވިސްނިފައި އޮންނަ ގޮތުން މިސްރުގައި ހުންނަނީ ޕިރަމިޑާއި ކަދުރު ރުއްތަކެވެ. އަދި ޖަމަލުވެސް އެތާނގައި ގިނަ އަދަދަކަށް އުޅޭކަން އެނގެއެވެ. ނަމަވެސް މިސްރަށް ދިއުމުން މިސްރުގެ ގޮނޑުދޮށްތައް ޔޫރަޕް ޤައުމުތަކުގެ ގޮނޑުދޮށްތައްހާ ހިތްގައިމުވުމުން އެކަންވީ އަހަރެންނަށް ލިބުނު ހައިރާން ކަމަކަށެވެ. މިސްރުގައި ހޭދުކުރި ހަފްތާ ވެގެންދިޔައީ އަހަރެންގެ ހަޔާތުގައި ހޭދަކުރި އެންމެ ހިތްހަމަޖެހޭ އަދި އުފާވެރި ދުވަސްތައް ކަމުގައެވެ. މިސްރުގައި ހުރުން ވެގެން ދިޔައީ މުސްލިމުންނާއި، އިސްލާމް ދީން އަހަރެންނަށް ފުރަތަމަ އެނގެން ފެށި ކަމަކަށެވެ. މިސްރުގެ މީހުންނަކީ ވަރަށް މަޑުމައިތިރި އަދި ހިތްހެޔޮ އަދި އެހާމެ ނަފްސު ވަރުގަދަ ބައެއްކަމުގައި އަހަރެންނަށް ފާހަގަ ކުރެވުނެވެ.

މިސްރުން އަހަރެންނަށް އިސްލާމް ދީނާއި މެދު ވިސްނުމަށް އެންމެ ބޮޑަށް ބާރު އެޅިކަމަކަށްވީ ކުޑަކުޑަ ކުއްޖެއްގެ އާދަޔާ ޚިލާފު އަމަލެވެ. އެއީ މަގުމަތީ ބޫޓު ޕޮލިޝް ކުރާ ކުއްޖެކެވެ. އެކުއްޖާ އަޅުގަނޑު ފެނުމާއި އެކު ހިނިތުންވުމަކާއި އެކުއައްސަލާމް އަލައިކުމް ވަރަހުމަތުﷲ’ މިފަދައިން މުހާތަބު ކުރިއެވެ. އޭރު އަހަރެންނަށް އެބުނީ ކީކޭ ކަމެއް މާބޮޑަކަށް ނޭނގެއެވެ. އެހެނަސް އަހަރެން މިސްރު ބަހުން ކޮށި ގޮތަކަށް ‘ހާލުކިހިނެއްތޯ؟’ އެހީމެ، އެހިނދު އެކުއްޖާ ‘އަލްހަމްދުލިﷲއޭ ބުނެ ހިނިތުންވެލިއެވެ. އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. އެކުޑަކުއްޖާ ދެއްކި ނަމޫނާގެ ސަބަބުންނެވެ. މީޑިއާގެ ސަބަބުން އެހެނިހެން އިނގިރޭސިން ފަދައިން އަހަރެންނަށްވެސް ވިސްނިފައި އޮންނަނީ އިސްލާމްދީނަކީ ބޮންގޮއްވުމާއި، ހަނގުރާމަތައްކުރުމުގެ އިތުރުން ތަފާތު ގިނަ މައްސަލަތަކެއް ހުންނަ ދީނެއްކަމެވެ. އެހިސާބުން އަހަރެންނަށް އިސްލާމް ދީނުގައިވާ ރިވެތި ގޮތްތަކާއި މެދު ވިސްނެން ފެށިއެވެ. އަދި މީގެ އިތުރުން މިސްރުގައި ހުރި ދުވަސްކޮޅު އިސްލާމް ދީނަކީ ކިހާ އަމާން ދީނެއްކަން އަހަރެންނަށް އެނގުނެވެ. އާދައިގެ ރައްޔިތުންވެސް މިސްކިތުން އިވޭ ބަންގީގެ އަޑާއި އެކު އެމީހުންގެ ވިޔަފާރި ހުއްޓާލުމަށްފަހު މާތްﷲއަށް ނަމާދު ކުރާތީ ފެނުނެވެ. އެމީހުންނަކީ މާތްﷲ އަށް އޮންނަ އީމާންތެރިކަން ވަރުގަދަ ބައެއްކަން ފާހަގަ ވެގެންދިއައެވެ

އިނގިރޭސިވިލާތަށް އެނބުރި އައުމަށްފަހު އަހަރެން ހިޔާރުކުރީ މުދައްރިސެއްގެ ގޮތުގައި ކުރިއަށްދާށެވެ. އެގޮތުން ސުކޫލެއްގައި ދީން ކިޔައިވައިދޭން ފެށީމެވެ. އިނގިރޭސިވިލާތުގައި ދީނީ މާއްދާތަކަކީ މަޖްބޫރު މާއްދާތަކެވެ. އަހަރެންގެ ދަރިވަރުންގެ ތެރޭގައި ގިނައީ އަރަބި މުސްލިމު ރެފިއުޖީ ކުދިންނެވެ. އޭރު އަހަރެން ކިޔަވައި ދެމުން ދިޔައީ ކްރިސްޓިއަން ދީނާއި، އިސްލާމް ދީނައި، ޖުޑޭއިޒަމާއި، ބުދުދީނުގެ އިތުރުން ބައެއް އެހެނިހެން ދީންތަކެވެ. ކުދިންނަށް މިދީންތައް ކިޔަވައި ދިނުމަށްޓަކައި ކޮންމެ ދުވަހަކު އަހަރެން މިދީންތައް ކިޔައި ދަސްކުރަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމްދީނަށް އަހަރެންގެ ހިތުގައި ޝައުޤުވެރިކަން އުފެދި، ގިނަ ފިލާވަޅުތަކެއް އަހަރެންނަށް ދަސްވެގެންދިޔައެވެ.

ފުރާވަރުގެ އެހެން ކުދިންނާއި ހިލާފަށް އަހަރެންގެ ދަރިވަރުންނަކީ މުސްލިމުންގެ މިސާލު އެކުދިންގެ ފަރާތުން ފެންނާނެ ނަމޫނާ ކުދިން ކޮޅެކެވެ. އަހަރެންގެ ދަރިވަރުން ހިތްހެޔޮވެފައި ވަރަށް އަދަބުވެރިއެވެ. ދަރިވަރުންނާއި އަހަރެންނާއި މެދު އުފެދިފައިވާ ގާތްގުޅުމެއްގެ ސަބަބުން ރޯދަމަހު އަހަރެންގެ ކުލާސް ރޫމްގައި ނަމާދުކުރެވޭނެ ގޮތެއް ހެއްދެވުމަށް އަހަރެންގާތު އެކުދިން އެދުނެވެ. ކަން ދިމާކުރިގޮތުން މުޅި މަދަރުސާގައިވެސް ކާޕެޓު އަޅާފައި އޮންނަނީ ހަމައެކަނި އަހަރެންގެ ކުލާހުގައެވެ. ރަމަޟާން މަހު އެކުދިން ނަމާދު ކުރާއިރު އަހަރެން އިންނަނީ ކުލާހުގެ ފަހަތުގައި ފޮތްތައް މާކު ކުރާށެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން އެކުދިން ކުރާ ހަރަކާތްތަކަށް އަހަރެންގެ ޝައުޤުވެރިކަން ދަމައިގަތެވެ. އަދި އެކުދިން ނަމާދުގައި ކިޔާ ލަފްޒުތަށް އަހަރެން ދަސްކުރީމެވެ. އަދި އެކުދިންނާ އެއްބައިވުމުގެ ގޮތުން އެ ރަމަޟާންމަސް އެއްކޮށް އަހަރެން ރޯދަ ހިފީމެވެ.

އެއްފަހަރަކު ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ކުލާހުގައި އަހަރެން ކިޔަމުން ދަނިކޮން މިއާޔަތް ކިޔެވުނެވެ.

އަދި ރަސޫލާއަށް ބާވައިލެއްވި އާޔަތްތައް، އެއުރެން އަޑުއެހި ހިނދު އެއުރެންނަށް ހައްޤުގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިން ފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑާއިގަންނަވާނޫއެވެ.”

އަލްމާއިދާ ސޫރަތުގެ 83 ވަނަ އާޔަތް ކިޔާ ނިމުނުއިރު އަހަރެންގެ ދެލޮލުން ވަނީ ހަމަ ރަނގަޅަށްވެސް ކަރުނަ އޮހޮރިފައެވެ. ނަމަވެސް ދަރިވަރުންނަށް އެކަން ނޭންގުމަށް އަހަރެން  ވަރަށް މަސައްކަތް ކުރީމެވެ.

ނުނިމޭ……

ފަހުބައި ވިދާޅުވޭ!

Comments (2 posted):

ghada mahrous on 12 August, 2010 02:14:55
avatar
How Prior Mulisms reach to those people and how they accept Islam and become Muslims. Recently, I read how Christians did massacres in Muslim provinces in The Iles of Kings(Maldives). May Allah and Good Muslims be supporters for them ameeen.
Adam Moosa on 20 August, 2010 07:22:38
avatar
Waao..I m so happy to see the article wrote in our own language(Maldivian Language) in your website. Thnx brother

Post your comment comment

Please enter the code you see in the image:

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
5.00
Powered by Vivvo CMS v4.0.3